SEARCH DATABASE
The Global Gender Equality Constitutional Database is a repository of gender equality related provisions in 194 constitutions from around the world. The Database was updated in partnership with the International Bar Association's Human Rights Institute (IBAHRI) and with support from the Swedish International Development Agency (SIDA) and the Government of Japan. Experience its wealth and depth of information by starting your search now.
ABOUT 14 RESULTS
Government
Maldives
- English(a) There shall be a Cabinet of Ministers appointed by the President, with responsibility for the duties and functions assigned to them by the President, this Constitution and the law.
(b) The Cabinet shall consist of the Vice President, the Ministers given responsibility for the different Ministries, and the Attorney General.
(c) Except for the Vice President, the President must receive the approval of the People’s Majlis for all appointments to the Cabinet.
(d) The President shall submit to the People’s Majlis, within seven days of making appointments to the Cabinet the names of the appointees to the Cabinet for approval of the People’s Majlis. (Art. 129) - Dhivehi(ހ) ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ކަންތައްތަކާއި މި ޤާނޫނުއަސާސީންނާއި ޤާނޫނުން ޙަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންގެ މަޖިލީހެއް އޮންނަންވާނެއެވެ.
(ށ) ވަޒީރުންގެ މަޖިލިސް އެކިލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އެކިއެކި ވުޒާރާތައް ހިންގުމާ ރަޢީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރުންނާއި، ބަންޑާރަނައިބުގެ މައްޗަށެވެ.
(ނ) ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް އައްޔަންކުރުމަށްފަހު ރައްޔިތުންގެމަޖިލީހުގެ ރުހުން ހޯދަންވާނެއެވެ.
(ރ) ވަޒީރުންގެމަޖިލީހަށް ރައީސްލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންގެ ނަންތައް، އެމީހުން އައްޔަންކުރެވޭ ދުވަހުންފެށިގެން ހަތަ ދުވަހުގެތެރޭގައި، ރައްޔިތުންގެ މަޖީލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެއެވެ. (ޤާނޫނުއަސާސީގެ 129 ވަނަ މާއްދާ)
Legislature
Maldives
- English(a) The legislative authority of the Maldives shall be vested in the People’s Majlis.
… (Art. 70) - Dhivehi(ހ) ދިވެހިރާއްޖޭގައި ޤާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.
... (ޤާނޫނުއަސާސީގެ 70 ވަނަ މާއްދާ)
Legislature
Maldives
- English(a) A person elected to be a member of the People’s Majlis shall be so qualified if he:
1. is a citizen of the Maldives;
2. is not a citizen of a foreign country;
3. is a Muslim and a follower of a Sunni school of Islam;
4. has attained the age of eighteen years; and
5. is of sound mind.
...
(b) A person who has acquired Maldivian citizenship is qualified to be a member of the People’s Majlis five years after the acquisition of citizenship and is domiciled in the Maldives.
… (Art. 73) - Dhivehi(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބްކުރެވޭ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
1. ދިވެހިރައްޔިތަކަށްވުން
.2. ބޭރުޤައުމެއްގެ ރައްޔިތަކަށް ނުވުން.
3. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކުކަމުގައިވުން.
4. އުމުރުން އަށާރަ އަހަރު ފުރިފައިވުން.
5. ބުއްދި ހަމައަށް ހުރި މީހަކުކަމުގައިވުން.
...
(ށ) ބޭރުޤައުމެއްގެ ރައްޔިތަކު ދިވެހިރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް ރައްޔިތުންގެ މިޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެހިރައްޔިތަކަށްވީތާ ފަސް އަހަރު ފުރުމަށްފަހުގައެވެ. އަދި އެމީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާންވާނެއެވެ.... (ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ)
Legislature
Maldives
- English(a) Each administrative division shall establish separate electoral constituencies in accordance with the principles specified in Article 71 of this Constitution. All members shall be elected from a separate electoral constituency.
(b) The person elected from amongst those standing for election in each separate electoral constituency shall be the person receiving the greatest number of votes by secret ballot.
… (Art. 72) - Dhivehi(ހ) މިޤާނޫނުއަސާސީގެ 71 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފުނުވާނޭހެން، ކޮންމެ އިދާރީ ދާއިރާއަކުން ވަކި އިންތިހާބީ ދާއިރާތަކެއް ކަނޑައަޅާންވާނެއެވެ. މިއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބްކުރާނީ އެއް މެންބަރެވެ.
(ށ) ކޮންމެ އިންތިހާބީ ދާއިރާއެއްގައި ވާދާކުރާ މީހުންގެ ތެރެއިން އިންތިޚާބުވާނީ، އެދާއިރާއެއްގައި ވޯޓުދޭ ރައްޔިތުންގެ ސިއްރުވޯޓަކުން އެންމެ ގިނަ ވޯޓު ލިބޭ މީހެކެވެ.
... (ޤާނޫނުއަސާސީގެ 72 ވަނަ މާއްދާ)