SEARCH DATABASE
The Global Gender Equality Constitutional Database is a repository of gender equality related provisions in 194 constitutions from around the world. The Database was updated in partnership with the International Bar Association's Human Rights Institute (IBAHRI) and with support from the Swedish International Development Agency (SIDA) and the Government of Japan. Experience its wealth and depth of information by starting your search now.
Status of the Constitution
- EnglishThe powers of the State shall be exercised in accordance with this Constitution. (Art. 8)
- Dhivehiދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މިޤާނޫނުއަސާސީގައިވާ ގޮތުގެމަތީންނެވެ. (ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ)
Status of the Constitution
- EnglishAll laws of the Maldives must be enacted in accordance with this Constitution. Any law or part of any law inconsistent with this Constitution is, to the extent of its inconsistency, void and of no force and effect. The obligations imposed by this Constitution must be fulfilled. Any conduct contrary to this Constitution shall be invalid. (Art. 268)
- Dhivehiދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ މިޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީންނެވެ. މިޤާނޫނުއަސާސީން ލާޒިމުކުރާ އެންމެހައި ކަންކަން ފުރިހަމަކުރާންވާނެއެވެ. މި ޤާނޫނުއަސާސީއާ ހިލާފުވާ ގޮތައް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެއެވެ. މި ޤާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެކެވެ. (ޤާނޫނުއަސާސީގެ 268 ވަނަ މާއްދާ)
Status of the Constitution
- EnglishNo provision of the Constitution shall be interpreted or translated in a manner that would grant to the State or any group or person the right to engage in any activity or perform any act aimed at the destruction of the rights and freedoms set out in this Constitution. (Art. 69)
- Dhivehiމި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް މި ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެނެއް ނުވާނެއެވެ. (ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ)
Status of International Law
- English…
(d) Measures adopted in an emergency shall be consistent with the obligations of the Maldives under international law applicable to states of emergency. (Art. 255) - Dhivehi...
(ރ) ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅާ ފިޔަވަޅުތައް ވާންވާނީ، ދިވެހިރާއްޖެއިން ޢަމަލުކުރުން ލާޒިމްކުރާ ބައިނަލްއަޤްވާމީ ޤާނޫނުތަކުގައިވާ ގޮތުގެ މަތީން، ކުއްލިނުރައްކަލުގެ ޙާލަތްތަކުގައި ޢަމަލުކުރާންޖެހޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން އަޅާ ފިޔަވަޅުތަކަކަށެވެ. (ޤާނޫނުއަސާސީގެ 255 ވަނަ މާއްދާ)
Status of International Law
- English(a) Treaties entered into by the Executive in the name of the State with foreign states and international organizations shall be approved by the People’s Majlis, and shall come into force only in accordance with the decision of the People’s Majlis.
(b) Despite the provisions of article (a), citizens shall only be required to act in compliance with treaties ratified by the State as provided for in a law enacted by the People’s Majlis. (Art. 93) - Dhivehi(ހ) ދިވެހިދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް އަމަލުކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތުގެ މަތީންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްކަމުގައިބވިޔަސް، ދިވެހިދައުލަތުން ބައިވެރިވާ، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ މައްޗައް ޢަމަލުކުރުމަށް ރައްޔިތުންނަށް ލަޒިމުވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. (ޤާނޫނުއަސާސީގެ 93 ވަނަ މާއްދާ)
Status of International Law
- EnglishWhen interpreting and applying the rights and freedoms contained within this Chapter7 a court or tribunal shall promote the values that underlie an open and democratic society based on human dignity, equality and freedom, and shall consider international treaties to which the Maldives is a party. (Art. 68)
- Dhivehiކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މި ބާބުގައި ބަޔާންކޮށްފައިވާ ހައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމކަމާއި މިނިވަންކަމަށް ބިނަކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާތީ މުޖްތަމައަކުން ޤަބޫލުކުރާ އުސޫލްތަކަށް ރިއާޔަތްކޮށް އެ އުސޫލްތައް ނަގަހައްޓަންވާނެއެވެ. އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކަށް ރިޢާޔަތްކުރާންވާނެއެވެ. (ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ)
Jurisdiction and Access
- English(c) The Supreme Court shall be the final authority on the interpretation of the Constitution, the law, or any other matter dealt with by a court of law. (Art. 145)
- Dhivehi(ނ) ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައި، އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސިޕްރީމްކޯޓުން ނިންމާ ނިންމުމްކީ އެންމެ ފަހުގެ ނިންމުމުވެ. (ޤާނޫނުއަސާސީގެ 145 ވަނަ މާއްދާ)
Jurisdiction and Access
- English
(a) The Supreme Court and the High Court shall have jurisdiction to enquire into and rule on the constitutional validity of any statute or part thereof enacted by the People’s Majlis.
(b) In any matter before them, all courts have jurisdiction to determine matters concerning the interpretation and application of any provision of the Constitution, and this shall not be deemed contrary to article (a).
… (Art. 143) - Dhivehi
(ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ޤާނޫނުއަސާސީއާ ހިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމްކޯޓަށެވެ.
(ށ) ކޮންމެ ކޯޓެއްގައިވިޔަސް، ބަލަމުންދާ މައްސަލައެއްގައި ޤާނޫނުއަސާސީ މާނަކުރާން ޖެހިއްޖެނަމަ އެމައްސަލައަކާ ގުޅޭގޮތުން އެ ކޯޓަކުން ޤާނޫނުއަސާސީ މާނަކުރުމަކީ މި މާއްދާގެ (ހ) އާ ތަޢާރުޟްވާކަމެއް ނޫނެވެ.
... (ޤާނޫނުއަސާސީގެ 143 ވަނަ މާއްދާ)
Jurisdiction and Access
- EnglishThe People’s Majlis may by resolution refer to the Supreme Court for hearing and consideration important questions of law concerning any matter, including the interpretation of the Constitution and the constitutional validity of any statute. The Supreme Court shall answer the questions so referred and shall provide the answers to the People’s Majlis, giving reasons for its answers. The option shall be pronounced in like manner as in the case of a judgement on appeal to the Supreme Court. (Art. 95)
- Dhivehiޤާނޫނުގެ ކަން އޮތްގޮތާއި މެދު އުފެދޭ މުހިއްމު ސުވާލުތަކާ މެދު ނުވަތަ ޤާނޫނީގޮތުން ކަމުއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެއެވެ. މިގޮތުން ހުށަހެޅޭ ކަންތައްތަކުގެ ތެރޭގައި ޤާނޫނުއަސާސީ މާނަކުރުމުގެ މައްސަލަތަކާއި ވަކި ޤާނޫނެއްގެ ސައްޙަކަމާ މެދު އުފެދޭ ސުވާލުތައް ހިމެނެއެވެ. މިފަދަ ކަންކަމަށް ސުޕްރީމްކޯޓުން ދޭ ލަފާ ބިނާކޮށްފައިވާ ސަބަބުތައް ބަޔާންކުރުމާއެކު އެ ލަފާ ސުޕްފީމްކޯޓުން ރައްޔިތުންގެ މަޖިލީހައް ފޮނުވާންވާނެއެވެ. އެލަފާ އޮންނަންވާނީ އިސްތިނާފު ކުރުމަށް ސުޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އެ ކޯޓުން ނެރޭ ޙުކުމްތަމާ އެއްފަދައިންނެވެ. (ޤާނޫނުއަސާސީގެ 95 ވަނަ މާއްދާ)
Obligations of the State
- English(a) This Constitution guarantees to all persons, in a manner that is not contrary to any tenet of Islam, the rights and freedoms contained within this Chapter4 subject only to such reasonable limits prescribed by a law enacted by the People’s Majlis in a manner that is not contrary to this Constitution. Any such law enacted by the People’s Majlis can limit the rights and freedoms to any extent only if demonstrably justified in a free and democratic society.
… (Art. 16) - Dhivehi(ހ) މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ހިލާފި ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ޤާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ. އަދި މިއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ޤާނުނު އަސާސީއާ ތަޢާތުޟްނުވާ ގޮތެއްގެ މަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސްމިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާތީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ.
... (ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ)