Constitution of the Republic of the Maldives 2008
Electoral Bodies
  • English
    (a) There shall be an Elections Commission of the Maldives.
    (b) The Elections Commission is an independent and impartial institution. It shall exercise its duties and responsibilities in accordance with the Constitution and laws enacted by the People’s Majlis.
    (c) The Elections Commission shall function as provided by the statute governing the Elections Commission. Such statute shall specify the responsibilities, powers, mandate, qualifications, and ethical standards of members. (Art. 167)
  • Dhivehi
    (ހ) ދިވެހިރާއްޖޭގައި އިލެކްޝަން ކޮމިޝަނެއް އޮންނަންވާނެއެވެ.
     (ށ) އިލެކްޝަން ކޮމިޝަނަކީ ވަކިފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެކެވެ. އަދި އެ ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީނެވެ.
     (ނ) އިލެކްޝަން ކޮމިޝަން ހިންޤާނީ އިލެކްޝަން ކޮމިޝަނުގެ ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. އެ ޤާނޫނުގައި، އެ ކޮމިޝަނުގެ މަސައްކަތުގެ ދާއިރާއާއި، އެ ކޮމިޝަނުގެ މެންބަރުން ކިބައިގައި ހުންނަންވާނޭ ޝަރުތުތަކާއި، ސުލޫކީ މިންގަޑުތައް ކަނޑައެޅިފައި އޮންނަންވާނެއެވެ. (ޤާނޫނުއަސާސީގެ 167 ވަނަ މާއްދާ)
Electoral Bodies
  • English
    The Elections Commission’s responsibilities and powers include the following:
    (a) to conduct, manage, supervise, and facilitate all elections and public referendums, to ensure the proper exercise of the right to vote, and to ensure that all elections and public referendums are conducted freely and fairly, without intimidation, aggression, undue influence or corruption;
    (b) to prepare, maintain, and update electoral rolls, and to make all arrangements for holding elections and public referendums;
    (c) to hold and declare the results of those elections and public referendums within periods prescribed by law;
    (d)to compile the register of voters in each constituency, to revise it at such periods as shall be determined by law and to provide for publication of the register in the Government Gazette;
    (e) to fix, vary, demarcate and continuously review the boundaries and names of constituencies or voting units in all elections in accordance with principles specified by law and to provide for publication of any amendments in the Government Gazette;
    (f) to register political parties, and to perform those actions relating to political parties as specified by law;
    (g) to educate and create awareness among the general public on the electoral process and its purpose;
    (h) to perform such additional functions as may be prescribed by law. (Art. 170)
  • Dhivehi
    އިލެކްޝަން ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
    (ހ) އިންތިހާބްތަކާއި، ރައްޔިރުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް ކުރާންޖެހޭ ކަންތައްކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެ ކަންތައްތަކަށް މަގުފަހިކުރުމާއި އަދި އިންތިހާބްތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންސާފްވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުން.
    (ށ) އިންތިހާންތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ތައްޔާރުކުރުމާއި، އެ ރަޖިސްޓްރީއަށް ގެންނާންޖެހޭ އުނިއިތުރު ގެނައުމާއި، ބެލެހެއްޓުމާއި، އިންތިހާބްތަކާއި ރައްޔިތުންގެ ހިޔާލުހޯދުމުގެ ޢާންމު ވޯޓު ނެގުމާ ބެހޭގޮތުން ހަމަޖައްސާންޖެހޭ އެނެމެހައި އިންތިޒާމްތައް ހަމަޖެއްސުން.
    (ނ) ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބްތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތައް ނެގުމާއި އެ ވޯޓުތަކުގެ ނަތިޖާ އިއުލާންކުރުން.
    (ރ) އިންތިހާބީ ދާއިރާތަކުގައި ތިބި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީތައް އެކުލަވައިލައި، ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތަށް އެ ރަޖިސްޓްރީތަކަށް ގެންނާންޖެހޭ އުނިއިތުރުގެނެސް ޤާނޫނުގައިވާ ގޮތުގެމަތީން ސަރުކާރުގެ ގެޒެޓްގައި ޝާއިރުކުރަމުން ގެންދިއުން.
    (ބ) ޤާނޫނުގައި ކަނޑައަޅާ އުސޫލުތަކެއްގެ މތީން ކޮންމެ ޢިންތިހާބެއްގެ ކުރީން އިންތިހާބީ ދާއިރާތަކުގެ ނަންތަކާއި، އިންތައް ކަނޑައަޅައި، ވަކިކޮށް، އެ ކަންކަމަށް ބަދަލުގެނެސް މުރާޖާކުރަމުން ގެންދިއުން. އަދި މިކަންކަމަށް ގެނެވޭ ބަދަލުތައް ގެޒެޓުގައި ޝާއިރުކުރަމުން ގެންދިއުން. (ޤާނޫނުއަސާސީގެ 170 ވަނަ މާއްދާ)
1

Constitution of the Republic of the Maldives 2008 (English). According to Art. 11: “The national language of the Maldives is Dhivehi.”

Links to all sites last visited 14 February 2024
3
Chapter II on Fundamental Rights and Freedom (Articles 16-69).
4
Chapter II on Fundamental Rights and Freedom (Articles 16-69).
5
Chapter II on Fundamental Rights and Freedom (Articles 16-69).
6
Chapter II on Fundamental Rights and Freedom (Articles 16-69).
7
Chapter II on Fundamental Rights and Freedom (Articles 16-69).
8
According to Art. 274: “…‘tenet of Islam’ means, the Holy Qur’an and those principles of Shari’ah whose provenance is not in dispute from among those found in the Sunna of the Noble Prophet, and those principles derived from these two foundations; …”
9
Chapter II on Fundamental Rights and Freedom (Articles 16-69).