SEARCH DATABASE
The Global Gender Equality Constitutional Database is a repository of gender equality related provisions in 194 constitutions from around the world. The Database was updated in partnership with the International Bar Association's Human Rights Institute (IBAHRI) and with support from the Swedish International Development Agency (SIDA) and the Government of Japan. Experience its wealth and depth of information by starting your search now.
ABOUT 3 RESULTS
Judicial Protection
Maldives
- EnglishAnyone whose rights or freedoms, as guaranteed by this Chapter, have been infringed or denied may apply to a court to obtain a just remedy. (Art. 65)
- Dhivehiމި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ، ނުވަތަ ހިފަހައްޓައިފިނަމަ، އިންސާފްވެރި ޙައްލެއް ހޯދުމަށްޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެ މީހަކަށް ލިބިގެވެއެވެ. (ޤާނޫނުއަސާސީގެ 65 ވަނަ މާއްދާ)
Judicial Protection
Maldives
- English(c) In deciding whether a right or freedom in this Chapter, has been limited in accordance with article (a) and (b), a court must be fully cognisant of and make reference to all the facts, including:
1. the nature and character of the right or freedom;
2. the purpose and importance of limiting the right or freedom;
3. the extent and manner of limiting the right or freedom;
4. the relationship between the limitation of the right or freedom and the importance of the right or freedom;
5. the extent to which the objective for which the right or freedom has been limited could have been achieved by limiting the right or freedom to a lesser degree;
6. the extent to which the right or freedom must be limited in order to protect the tenets of Islam, where the right or freedom has been limited pursuant to article (b).
… (Art. 16) - Dhivehi(ނ) މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓައިފައިވަނީ މި މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެ މަތީންތޯ ކަނޑައެޅުމުގައި ކޯޓުން އެ ކަމަކާ ގުޅޭ ހުރިހައި ކަންތައްތަކަށް ފުރިހަމައަށް ރިޢާޔަތްކުރާން ވާނެއެވެ. މީގެތެރޭގައި އަންނަނިވި ކަންތައް ހިމެނެއެވެ.
1. އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއްގެ ޒާތާއި ބާވަތް.
2. އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި، މުހިންމުކަން.
3. އެ ޙައްޤެއް ނުވަތަ އެމިނިވަންކަމަމެއް ހިފެހައްޓައިފައިވާ ގޮތާއި މިންވަރު.
4. އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓި ހިފެހެއްޓުމާ އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއްގެ މުހިންމުކަމާ ހުރި ގުޅުން.
5. އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓައިފައިވާ މިންވަތައްވުރެ ކުޑަކޮށް ހިފަހައްޓައިގެން ބޭނުންވާ މަޤްސަދު ޙާޞިލްކުރެވިދާނެތޯ.
6. އެ ޙައްޤެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓައިފައިވަނީ މި މާއްދާގެ (ށ) ގެ ދަށުން ނަމަ، އިސްލާމްދީނުގެ އަސްލުތައް ރައްކާތެރިކުރުމަށްޓަކައި އެ ހައްޤެއް ނުވަތަ އެމިނިވަންކަމެއް ކޮންމެހެން ހިފަހައްޓާންޖެހޭތޯ.
... (ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ)
Judicial Protection
Maldives
- EnglishWhen interpreting and applying the rights and freedoms contained within this Chapter, a court or tribunal shall promote the values that underlie an open and democratic society based on human dignity, equality and freedom, and shall consider international treaties to which the Maldives is a party. (Art. 68)
- Dhivehiކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއިމިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްތާތީ މިޖްތަމަޢުތަކުން ޤަބޫލުކުރާ އުސޫލުތަކަށް ރިޢާޔަތްކޮށް އެ އުސޫލުތައް ނަގަހައްޓަންވާނެއެވެ. އަދި ދިވެހިރާއްގެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކަށް ރިޢާޔަތްކުރާންވާނެއެވެ. (ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ)