SEARCH DATABASE
The Global Gender Equality Constitutional Database is a repository of gender equality related provisions in 194 constitutions from around the world. The Database was updated in partnership with the International Bar Association's Human Rights Institute (IBAHRI) and with support from the Swedish International Development Agency (SIDA) and the Government of Japan. Experience its wealth and depth of information by starting your search now.
ABOUT 10 RESULTS
Head of State
Maldives
- English(b) The President shall be the Head of State, the Head of Government, and the Commander in Chief of the Armed Forces.
… (Art. 106) - Dhivehi(ށ) ދައުލަތުގެ އެންމެމަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެމަތީ ވެރިޔަކީ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެވެ.
... (ޤާނޫނުއަސާސީގެ 106 ވަނަ މާއްދާ)
Head of State
Maldives
- EnglishA person elected as President shall have the following qualifications:
(a) be a Maldivian citizen born to parents who are Maldivian citizens, and who is not also a citizen of a foreign country;
(b) be a Muslim and a follower of a Sunni school of Islam;
(c) be at least thirty-five years of age;
(d) be of sound mind;
(e) not have an undischarged decreed debt;
(f) not have been convicted of a criminal offence and sentenced to a term of more than twelve months, unless a period of three years has elapsed since his release, or pardon for the offence for which he was sentenced; and
(g) despite the provisions of article (f), not have been convicted of an offence for which a hadd is prescribed in Islam or of fraud, deception or criminal breach of trust. (Art. 109) - Dhivehiރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިހާބްކުރެވޭ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.
(ށ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.
(ނ) އުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކުކަމުގައިވުން.
(ރ) ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.
(ބ) އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.
(ޅ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ހުކުމް ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިންއަހަރު ވެފައިވާ މީހަކު ކަމިގައިވުން.
(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްމަކުގައިވީ ނަމަވެސް އެ މީހަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.(ޤާނޫނުއަސާސީގެ 109 ވަނަ މާއްދާ)
Head of State
Maldives
- EnglishThe President shall be elected directly by the people by universal and secret suffrage. (Art. 108)
- Dhivehiރައީސުލްޖުމްހޫރިއްޔާ އިންތިހާބްކުރާނީ ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުންނެވެ. (ޤާނޫނުއަސާސީގެ 108 ވަނަ މާއްދާ)
Vice-President
Maldives
- EnglishA person elected as President shall have the following qualifications:
(a) be a Maldivian citizen born to parents who are Maldivian citizens, and who is not also a citizen of a foreign country;
(b) be a Muslim and a follower of a Sunni school of Islam;
(c) be at least thirty-five years of age;
(d) be of sound mind;
(e) not have an undischarged decreed debt;
(f) not have been convicted of a criminal offence and sentenced to a term of more than twelve months, unless a period of three years has elapsed since his release, or pardon for the offence for which he was sentenced; and
(g) despite the provisions of article (f), not have been convicted of an offence for which a hadd is prescribed in Islam or of fraud, deception or criminal breach of trust. (Art. 109) - Dhivehiރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިހާބްކުރެވޭ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
(ހ) ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރުޤައުމެއްގެ ރައްޔިތަކު ކަމުގައި ނުވުން.
(ށ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން.
(ނ) އުމުރުން ތިރީސްފަސް އަހަރުވެފައިވާ މީހަކުކަމުގައިވުން.
(ރ) ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުން.
(ބ) އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ހަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުން.
(ޅ) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އެ ހުކުމް ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ތިންއަހަރު ވެފައިވާ މީހަކު ކަމިގައިވުން.
(ކ) މި މާއްދާގެ (ޅ) ގައި އެހެން އޮތްމަކުގައިވީ ނަމަވެސް އެ މީހަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާ ހީލަތް، ޓެކުން، ހިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން. (ޤާނޫނުއަސާސީގެ 109 ވަނަ މާއްދާ)
Vice-President
Maldives
- English(a) There shall be a Vice President of the Maldives who shall assist the President in the discharge of his duties and responsibilities.
(b) Every candidate for President shall publicly declare the name of the Vice President who will serve with him.
(c) The qualifications of office for the Vice President shall be the same as those for the President.
(d) If the office of the President becomes vacant for any reason, the Vice President shall succeed to the office of the President. (Art. 112) - Dhivehi(ހ) ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެދުނުމަށް ރައީސުލްޖުމްހޫރިއަޔާގެ ނައިބަކު ހުންނާންވާނެއެވެ.
(ށ) ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ ކޮންމެ މީހަކުމެ، އޭނާއާ އެކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނޭ މީހެއްގެ ނަން ޢާންމުކޮށް ޢިއުލާންކުރާންވާނެއެވެ.
(ނ) ރައީސުލްޖުމްހޫރިއްޔާގެ ނައިބުގައި ހުންނަންޖެހޭ ޝަރުތުތަކަކީ ރައީސުލްޖުމްހޫރިއްޔާގައި ހުންނާންޖެހޭ ޝަރުތުތަކެކެވެ.
(ރ) އެއްވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމް ހުސްވެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. (ޤާނޫނުއަސާސީގެ 112 ވަނަ މާއްދާ)
Government
Maldives
- English(a) A person shall be qualified to be a member of the Cabinet if he:
1. is a citizen of the Maldives;
2. is not a citizen of a foreign country;
3. is a Muslim and a follower of a Sunni school of Islam;
4. has attained the age of twenty-five years;
5. is of sound mind.
… (Art. 130) - Dhivehi(ހ) ވަޒީރުންގެ މަޖިލީހުގެ މެންބަރުންގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
1. ދިވެހި ރައްޔިތަކަށްވުން.
2. ބޭރު ޤައުމެއްގެ ރައްޔިތަކަށްނުވުން.
3. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައުވުން.
4. އުމުރުން ފަންސަވީސް އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
5. ބުއްދިހަމައަށްހުރި މީހަކު ކަމުގައިވުން.
... (ޤާނޫނުއަސާސީގެ 130 ވަނަ މާއްދާ)
Government
Maldives
- English(a) There shall be a Cabinet of Ministers appointed by the President, with responsibility for the duties and functions assigned to them by the President, this Constitution and the law.
(b) The Cabinet shall consist of the Vice President, the Ministers given responsibility for the different Ministries, and the Attorney General.
(c) Except for the Vice President, the President must receive the approval of the People’s Majlis for all appointments to the Cabinet.
(d) The President shall submit to the People’s Majlis, within seven days of making appointments to the Cabinet the names of the appointees to the Cabinet for approval of the People’s Majlis. (Art. 129) - Dhivehi(ހ) ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ކަންތައްތަކާއި މި ޤާނޫނުއަސާސީންނާއި ޤާނޫނުން ޙަވާލުކުރެވޭ ކަންތައްތައް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންގެ މަޖިލީހެއް އޮންނަންވާނެއެވެ.
(ށ) ވަޒީރުންގެ މަޖިލިސް އެކިލެވިގެންވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އެކިއެކި ވުޒާރާތައް ހިންގުމާ ރަޢީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރުންނާއި، ބަންޑާރަނައިބުގެ މައްޗަށެވެ.
(ނ) ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް އައްޔަންކުރުމަށްފަހު ރައްޔިތުންގެމަޖިލީހުގެ ރުހުން ހޯދަންވާނެއެވެ.
(ރ) ވަޒީރުންގެމަޖިލީހަށް ރައީސްލްޖުމްހޫރިއްޔާ އައްޔަންކުރާ މީހުންގެ ނަންތައް، އެމީހުން އައްޔަންކުރެވޭ ދުވަހުންފެށިގެން ހަތަ ދުވަހުގެތެރޭގައި، ރައްޔިތުންގެ މަޖީލީހުގެ ރުހުން ހޯދުމަށްޓަކައި އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާންވާނެއެވެ. (ޤާނޫނުއަސާސީގެ 129 ވަނަ މާއްދާ)
Legislature
Maldives
- English(a) The legislative authority of the Maldives shall be vested in the People’s Majlis.
… (Art. 70) - Dhivehi(ހ) ދިވެހިރާއްޖޭގައި ޤާނޫނުހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ.
... (ޤާނޫނުއަސާސީގެ 70 ވަނަ މާއްދާ)
Legislature
Maldives
- English(a) A person elected to be a member of the People’s Majlis shall be so qualified if he:
1. is a citizen of the Maldives;
2. is not a citizen of a foreign country;
3. is a Muslim and a follower of a Sunni school of Islam;
4. has attained the age of eighteen years; and
5. is of sound mind.
...
(b) A person who has acquired Maldivian citizenship is qualified to be a member of the People’s Majlis five years after the acquisition of citizenship and is domiciled in the Maldives.
… (Art. 73) - Dhivehi(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބްކުރެވޭ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
1. ދިވެހިރައްޔިތަކަށްވުން
.2. ބޭރުޤައުމެއްގެ ރައްޔިތަކަށް ނުވުން.
3. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކުކަމުގައިވުން.
4. އުމުރުން އަށާރަ އަހަރު ފުރިފައިވުން.
5. ބުއްދި ހަމައަށް ހުރި މީހަކުކަމުގައިވުން.
...
(ށ) ބޭރުޤައުމެއްގެ ރައްޔިތަކު ދިވެހިރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް ރައްޔިތުންގެ މިޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެހިރައްޔިތަކަށްވީތާ ފަސް އަހަރު ފުރުމަށްފަހުގައެވެ. އަދި އެމީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކު ކަމުގައި ވާންވާނެއެވެ.... (ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ)
Legislature
Maldives
- English(a) Each administrative division shall establish separate electoral constituencies in accordance with the principles specified in Article 71 of this Constitution. All members shall be elected from a separate electoral constituency.
(b) The person elected from amongst those standing for election in each separate electoral constituency shall be the person receiving the greatest number of votes by secret ballot.
… (Art. 72) - Dhivehi(ހ) މިޤާނޫނުއަސާސީގެ 71 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފުނުވާނޭހެން، ކޮންމެ އިދާރީ ދާއިރާއަކުން ވަކި އިންތިހާބީ ދާއިރާތަކެއް ކަނޑައަޅާންވާނެއެވެ. މިއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އިންތިހާބްކުރާނީ އެއް މެންބަރެވެ.
(ށ) ކޮންމެ އިންތިހާބީ ދާއިރާއެއްގައި ވާދާކުރާ މީހުންގެ ތެރެއިން އިންތިޚާބުވާނީ، އެދާއިރާއެއްގައި ވޯޓުދޭ ރައްޔިތުންގެ ސިއްރުވޯޓަކުން އެންމެ ގިނަ ވޯޓު ލިބޭ މީހެކެވެ.
... (ޤާނޫނުއަސާސީގެ 72 ވަނަ މާއްދާ)