SEARCH DATABASE
The Global Gender Equality Constitutional Database is a repository of gender equality related provisions in 194 constitutions from around the world. The Database was updated in partnership with the International Bar Association's Human Rights Institute (IBAHRI) and with support from the Swedish International Development Agency (SIDA) and the Government of Japan. Experience its wealth and depth of information by starting your search now.
ABOUT 72 RESULTS
Limitations and/or Derogations
Maldives
- EnglishThe exercise and enjoyment of fundamental rights and freedoms is inseparable from the performance of responsibilities and duties, and it is the responsibility of every citizen:
(a) to respect and protect the rights and freedoms of others;
… (Art. 67) - Dhivehiކޮންމެ މީހަކަށްމެ ލިބޭ ހައްޤުތަކާއި މިނިވަންކަމާއި، އެ މީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނޭ ދެ އަސާސްކަމުގައިވީ ހިނދު، އަންނަނިވި ކަންތައްތައް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެކެވެ. އަދި އެވަގުތަކު ދިވެހިރާއްޖޭގައި އުޅެ ކޮންމެ މީހަކުމެ އެ ކަންތައްތަކަށް އިހްތިރާމްކުރާންވާނެއެވެ.
(ހ) އަނެކުންގެ ހައްޤުތަކާއި މިނިވަންކަމަށް ރައްކާތެރިވެ އެ ޙައްގުތަކަށާއި މިނިވަންކަމަށް އިހްތިރާމްކުރުން.
... (ޤާނޫނުއަސާސީގެ 67 ވަނަ މާއްދާ)
Limitations and/or Derogations
Maldives
- EnglishAny law or part of any law contrary to the fundamental rights or freedoms guaranteed by this Chapter shall be void or void to the extent of such inconsistency. (Art. 63)
- Dhivehiއެއްވެސް ޤާނޫނެއް ނުވަތް ޤާނޫނަކުން ބައެއް ވިޔަސް މި ބާބުގައި ބަޔާންވެގެންވާ އަސާސީ ހައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟްވާ ނަމަ، އެޤާނޫނެއް ނުވަތަ އެ ޤާނޫނަކުން އެ ޙައްޤަކާ ނުވަތަ އެ މިނިވަންކަމަކާ ތަޢާރުޟްވާ މިންވަރެއް ވާނީ ބާތިލް އެއްޗަކަށެވެ. (ޤާނޫނުއަސާސީގެ 63 ވަނަ މާއްދާ)
Limitations and/or Derogations
Maldives
- English(a) The enumeration of rights and freedoms in this Chapter are guaranteed equally to female and male persons.
(b) The enumeration of rights and freedoms individually in this Chapter shall not be construed to deny or negate other rights retained by the people which are not specified in this Chapter. (Art. 62) - Dhivehi(ހ) މ ބާބުގައި ބަޔާންކުރެވިފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އަންހެނުންނަށާއި ފިރިހެންނުންނަށް ހަމަހަމަކަމާއެކު ލިބިގެންވެއެވެ.
(ށ) މި ބާބުގައި ވަކިވަކީން ޙައްޤުތަކާއި މިނިވަންކަން ކަނޑައެޅި، ބަޔާންކުރެވިފައިވުމަކީ މި ބާބުގައި ނުހިމެނޭ އެހެނިހެން ޙައްޤުތަކާއި މިނިވަންކަން ހޯދުމަށް ނުވަތަ ލިބިގަތުމަށް ހުރަސްއަޅާ ކަމެއް ނޫނެވެ . (ޤާނޫނުއަސާސީގެ 62 ވަނަ މާއްދާ)
Marriage and Family Life
Maldives
- English(a) Children and young people are entitled to special protection and special assistance from the family, the community and the State […].
… (Art. 35) - Dhivehi(ހ) ޢާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ ޙައްޤެކެވެ.
... (ޤާނޫނުއަސާސީގެ 35 ވަނަ މާއްދާ)
Marriage and Family Life
Maldives
- English(a) Every person of marriageable age as determined by law has the right to marry, and to establish a family as specified in law. The family, being the natural and fundamental unit of society, is entitled to special protection by society and the State.
(b) Children must be afforded special protection as specified in law in the event of a marital breakdown of the parents. (Art. 34) - Dhivehi(ހ) ޤާނޫނުގައި ކައިވެނިކުރެވޭ ޢުމުރުކަމުގައި ކަނޑައެޅިފައިވާ ޢުމުރުގެ ކޮންމެ މީހަކަށްމެ، ޤާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެމަތިން ކައިވެނިކުރުމާއި، ޢާއިލާ ޤާއިމްކުރުމުގެ ހައްޤު ލިބިގެންވެއެވެ. އަދި ޢާއިލާއަކީ މުޖްތަމަޢުގެ ތަބީޢީ އަދި އަސާސީ ބިންގާކަމަށް ވީހިނދު، ކޮންމެ ޢާއިލާއަކަށްމެ މުޖްތަމަޢާއި ދައުލަތުގެ ޙާއްސަ ރައްކާތެރިކަމެއް ލިބެންވާނެއެވެ.
(ށ) ކައިވެންޏެއް ރޫޅިއްޖެ ޙާލަތެއްގައި ދަރީން ތިބިނަމަ، އެ ދަރީނަށް ޤާނޫނުގައިވާ ގޮތުގެމަތީން ހާއްސަ ރައްކާތެރިކަން ލިބިދޭންވާނެއެވެ. (ޤާނޫނުއަސާސީގެ 34 ވަނަ މާއްދާ)
Marriage and Family Life
Maldives
- EnglishEveryone has the right to respect for his private and family life, his home and his private communications. Every person must respect these rights with respect to others. (Art. 24)
- Dhivehiކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމައި ތަންތަނެވެ. ހަމަ ކޮންމެމީހަކުމެ، އަނެކުންގެ މިބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާންވާނެއެވެ. (ޤާނޫނުއަސާސީގެ 24 ވަނަ މާއްދާ)
Participation in Public Life and Institutions
Maldives
- EnglishUnless otherwise provided in this Constitution, every citizen of the Maldives eighteen years of age or older has the right:
…
(c) to take part in the conduct of public affairs, directly or through freely chosen representatives. (Art. 26) - Dhivehiމި ޤާނޫނުއަސާސީ ގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު އުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ޙައްޤުތައް ލިބިގެންވެއެވެ.
…
(ނ) އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު. (ޤާނޫނުއަސާސީގެ 26 ވަނަ މާއްދާ)
Property, Inheritance and Land Tenure
Maldives
- English(a) Every citizen has the right to acquire, own, inherit, transfer or otherwise transact of such property.
(b) Private property shall be inviolable,
… (Art. 40) - Dhivehi(ހ) މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، ދިނުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.
(ށ) މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ ތަކެއްޗެއް ނޫނެވެ.
... (ޤާނޫނުއަސާސީގެ 40 ވަނަ މާއްދާ)
Protection from Violence
Maldives
- English(a) Children and young people are entitled to special protection and special assistance from the family, the community and the State. Children and young people shall not be harmed, sexually abused, or discriminated against in any manner and shall be free from unsuited social and economic exploitation. No person shall obtain undue benefit from their labour.
… (Art. 35) - Dhivehi(ހ) ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޙާއްސަ އެހީތެރިކަމާއި ޙާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީނަށް ލިބިގެންވާ ހައްޤެކެވެ. އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް އެއްވެސްގޮތަކުން ހާނިއްކަކޮށް، ޖިންސީގޮތުން އަނިޔާކޮށް އެއްވެސްގޮތަކުން ތަފާތުކޮށް އެކަށީގެންނުވާ އިޤްތިސާދީ، އިޖްތިމާއީ ކަންތައްތަކުގައި ބައިވެރިކޮށް އެ މީހުންގެ ފުށުން ނާޖާއިޒް މަންފާތައް ހާސިލްކުރުމަށް ހަމަ އެކަކުވެސް މަސައްކަތްކޮށްގެނެއް ނުވާނެއެވެ.
... (ޤާނޫނުއަސާސީގެ 35 ވަނަ މާއްދާ)
Protection from Violence
Maldives
- English(a) No one shall be held in slavery or servitude, or be required to perform forced labour.
… (Art. 25) - Dhivehi(ހ) އެއްވެސް މީހަކު އަޅުވެތިކޮށްގެނެއް ނުވާނެއެވެ. އަދި އެއްވެސް މީހަކު ލައްވައި މަޖުބޫރުން މަސައްކަތްކުރެވިގެނެއް ނުވާނެއެވެ.
... (ޤާނޫނުއަސާސީގެ 25 ވަނަ މާއްދާ)