SEARCH DATABASE
The Global Gender Equality Constitutional Database is a repository of gender equality related provisions in 194 constitutions from around the world. The Database was updated in partnership with the International Bar Association's Human Rights Institute (IBAHRI) and with support from the Swedish International Development Agency (SIDA) and the Government of Japan. Experience its wealth and depth of information by starting your search now.
ABOUT 72 RESULTS
Protection from Violence
Maldives
- English(a) No one shall be held in slavery or servitude, or be required to perform forced labour.
… (Art. 25) - Dhivehi(ހ) އެއްވެސް މީހަކު އަޅުވެތިކޮށްގެނެއް ނުވާނެއެވެ. އަދި އެއްވެސް މީހަކު ލައްވައި މަޖުބޫރުން މަސައްކަތްކުރެވިގެނެއް ނުވާނެއެވެ.
... (ޤާނޫނުއަސާސީގެ 25 ވަނަ މާއްދާ)
Protection from Violence
Maldives
- EnglishEveryone has the right to life, liberty and security of the person, and the right not be deprived thereof to any extent except pursuant to a law made in accordance with Article 16 of this Constitution. (Art. 21)
- Dhivehiކޮންމެ މީހަކަށްމެ، ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވެއެވެ. ފަހު، މިޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހަދައިފައިވާ ޤާނޫނަކާ އެއްގޮތަށް މެނުވީ އެއްވެސް މީހެއްގެ ކިބައިން، މިއިން ޙައްޤެއްޤެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ނިގުޅާއިގަނެވިގެން ނުވާނެއެވެ. (ޤާނޫނުއަސާސީގެ 21 ވަނަ މާއްދާ)
Public Institutions and Services
Maldives
- English(a) Every person of marriageable age as determined by law has the right to marry, and to establish a family as specified in law. The family, being the natural and fundamental unit of society, is entitled to special protection by society and the State.
(b) Children must be afforded special protection as specified in law in the event of a marital breakdown of the parents. (Art. 34) - Dhivehi(ހ) ޤާނޫނުގައި ކައިވެނިކުރެވޭ ޢުމުރުކަމުގައި ކަނޑައެޅިފައިވާ ޢުމުރުގެ ކޮންމެ މީހަކަށްމެ، ޤާނުނުގައި ކަނޑައަޅައިފައިވާ ގޮތުގެމަތީން ކައިވެނިކުރުމާއި، އާއިލާ ޤާއިމްކުރުމުގެ ހައްޤު ލިބިގެންވެއެވެ. އަދި ޢާއިލާއަކަށްމެ މުޖްތަމަޢާއި ދައުލަތުގެ ޙާއްސަ ރައްކާތެރިކަން ލިބިދޭންވާނެއެވެ.
(ށ) ކައިވެންޏެއް ރޫޅިއްޖެ ހާލަތެއްގައި ދަރީން ތިބިނަމަ، އެ ދަރީންނަށް ޤާނޫނުގައިވާ ގޮތުގެލަތީން ހާއްސަ ރައްކާތެރިކަން ލިބިދޭންވާނެއެވެ. (ޤާނޫނުއަސާސީގެ 34 ވަނަ މާއްދާ)
Public Institutions and Services
Maldives
- English(a) Members of the security services shall treat all persons and groups equally without any discrimination, and with humanity and dignity in accordance with the decorous principles of Islam.
… (Art. 246) - Dhivehi(ހ) ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ މީހުން އަމަލުކުރާންވާނީ ފަރުދުންގެ މެދުގައްޔާއި ޖަމާޢަތްތަކިގެ މެދުގައި ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު، އިސްލާމީ ރިވެތި އަހްލާޤާއި އިންސާނީ ޝަރަފާއި މީހުންގެ ޤަދަރަށް ހުރުމަތްތެރިކޮށް ހިތައިގެންނެވެ.
... (ޤާނޫނުއަސާސީގެ 246 ވަނަ މާއްދާ)
Public Institutions and Services
Maldives
- English(b) In carrying out its powers and functions, the Civil Service Commission shall be governed by democratic values and principles, including the following:
…
3. services shall be provided impartially, fairly, equitably and without prejudice;
… (Art. 182) - Dhivehi(ށ) ސިވިލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި އެ ކޮމިޝަނަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި ދީމިޤްރާތީ ހަމަތަކާއި އުސޫލްތަކަށް ތަބާވާންވާނެއެވެ. މީގެތެރެއިން އަންނަނިވި ކަންކަން ހިމެނެއެވެ.
...
3. ޙިދުމަތް ދިނުމުގައި އިންސާފާއި ހަމަހަމަކަމާއެކު، ވަކިފަރާތަކަށް ބުރަވުމެއްނެތި، ތަޢައްސުބުން އެއްކިބާވުން.
... (ޤާނޫނުއަސާސީގެ 182 ވަނަ މާއްދާ)
Public Institutions and Services
Maldives
- English(c) Every citizen shall have equal access to the receipt of rights and benefits from any island where he has established residency. (Art. 41)
- Dhivehi(ނ) އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި ހިދުމަތްތަކާއި، އިމްތިޔާޒްތައް ހަމަހަމަކަމާއެކު ލިބުމުގެ ހައްޤު އެރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. (ޤާނޫނުއަސާސީގެ 41 ވަނަ މާއްދާ)
Public Institutions and Services
Maldives
- English(a) Children and young people are entitled to special protection and special assistance from the family, the community and the State.
… (Art. 35) - Dhivehi(ހ) ޢާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ޙާއްސަ ރައްކާރެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީނަށް ލިބިގެންވާ ޙައްޤެކެވެ.
... (ޤާނޫނުއަސާސީގެ 35 ވަނަ މާއްދާ)
Status of the Constitution
Maldives
- EnglishThe powers of the State shall be exercised in accordance with this Constitution. (Art. 8)
- Dhivehiދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މިޤާނޫނުއަސާސީގައިވާ ގޮތުގެމަތީންނެވެ. (ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ)
Status of the Constitution
Maldives
- EnglishAll laws of the Maldives must be enacted in accordance with this Constitution. Any law or part of any law inconsistent with this Constitution is, to the extent of its inconsistency, void and of no force and effect. The obligations imposed by this Constitution must be fulfilled. Any conduct contrary to this Constitution shall be invalid. (Art. 268)
- Dhivehiދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ މިޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީންނެވެ. މިޤާނޫނުއަސާސީން ލާޒިމުކުރާ އެންމެހައި ކަންކަން ފުރިހަމަކުރާންވާނެއެވެ. މި ޤާނޫނުއަސާސީއާ ހިލާފުވާ ގޮތައް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެއެވެ. މި ޤާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެކެވެ. (ޤާނޫނުއަސާސީގެ 268 ވަނަ މާއްދާ)
Status of the Constitution
Maldives
- EnglishNo provision of the Constitution shall be interpreted or translated in a manner that would grant to the State or any group or person the right to engage in any activity or perform any act aimed at the destruction of the rights and freedoms set out in this Constitution. (Art. 69)
- Dhivehiމި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް މި ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެނެއް ނުވާނެއެވެ. (ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ)