SEARCH DATABASE
The Global Gender Equality Constitutional Database is a repository of gender equality related provisions in 194 constitutions from around the world. The Database was updated in partnership with the International Bar Association's Human Rights Institute (IBAHRI) and with support from the Swedish International Development Agency (SIDA) and the Government of Japan. Experience its wealth and depth of information by starting your search now.
Protection from Violence
- English(a) No one shall be held in slavery or servitude, or be required to perform forced labour.
… (Art. 25) - Dhivehi(ހ) އެއްވެސް މީހަކު އަޅުވެތިކޮށްގެނެއް ނުވާނެއެވެ. އަދި އެއްވެސް މީހަކު ލައްވައި މަޖުބޫރުން މަސައްކަތްކުރެވިގެނެއް ނުވާނެއެވެ.
... (ޤާނޫނުއަސާސީގެ 25 ވަނަ މާއްދާ)
Protection from Violence
- EnglishEveryone has the right to life, liberty and security of the person, and the right not be deprived thereof to any extent except pursuant to a law made in accordance with Article 16 of this Constitution. (Art. 21)
- Dhivehiކޮންމެ މީހަކަށްމެ، ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވެއެވެ. ފަހު، މިޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހަދައިފައިވާ ޤާނޫނަކާ އެއްގޮތަށް މެނުވީ އެއްވެސް މީހެއްގެ ކިބައިން، މިއިން ޙައްޤެއްޤެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ނިގުޅާއިގަނެވިގެން ނުވާނެއެވެ. (ޤާނޫނުއަސާސީގެ 21 ވަނަ މާއްދާ)
Public Institutions and Services
- English(a) Members of the security services shall treat all persons and groups equally without any discrimination, and with humanity and dignity in accordance with the decorous principles of Islam.
… (Art. 246) - Dhivehi(ހ) ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ މީހުން އަމަލުކުރާންވާނީ ފަރުދުންގެ މެދުގައްޔާއި ޖަމާޢަތްތަކިގެ މެދުގައި ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު، އިސްލާމީ ރިވެތި އަހްލާޤާއި އިންސާނީ ޝަރަފާއި މީހުންގެ ޤަދަރަށް ހުރުމަތްތެރިކޮށް ހިތައިގެންނެވެ.
... (ޤާނޫނުއަސާސީގެ 246 ވަނަ މާއްދާ)
Public Institutions and Services
- English(b) In carrying out its powers and functions, the Civil Service Commission shall be governed by democratic values and principles, including the following:
…
3. services shall be provided impartially, fairly, equitably and without prejudice;
… (Art. 182) - Dhivehi(ށ) ސިވިލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި އެ ކޮމިޝަނަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި ދީމިޤްރާތީ ހަމަތަކާއި އުސޫލްތަކަށް ތަބާވާންވާނެއެވެ. މީގެތެރެއިން އަންނަނިވި ކަންކަން ހިމެނެއެވެ.
...
3. ޙިދުމަތް ދިނުމުގައި އިންސާފާއި ހަމަހަމަކަމާއެކު، ވަކިފަރާތަކަށް ބުރަވުމެއްނެތި، ތަޢައްސުބުން އެއްކިބާވުން.
... (ޤާނޫނުއަސާސީގެ 182 ވަނަ މާއްދާ)
Public Institutions and Services
- English(c) Every citizen shall have equal access to the receipt of rights and benefits from any island where he has established residency. (Art. 41)
- Dhivehi(ނ) އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި ހިދުމަތްތަކާއި، އިމްތިޔާޒްތައް ހަމަހަމަކަމާއެކު ލިބުމުގެ ހައްޤު އެރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. (ޤާނޫނުއަސާސީގެ 41 ވަނަ މާއްދާ)
Public Institutions and Services
- English(a) Children and young people are entitled to special protection and special assistance from the family, the community and the State.
… (Art. 35) - Dhivehi(ހ) ޢާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ޙާއްސަ ރައްކާރެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީނަށް ލިބިގެންވާ ޙައްޤެކެވެ.
... (ޤާނޫނުއަސާސީގެ 35 ވަނަ މާއްދާ)
Public Institutions and Services
- English(a) Every person of marriageable age as determined by law has the right to marry, and to establish a family as specified in law. The family, being the natural and fundamental unit of society, is entitled to special protection by society and the State.
(b) Children must be afforded special protection as specified in law in the event of a marital breakdown of the parents. (Art. 34) - Dhivehi(ހ) ޤާނޫނުގައި ކައިވެނިކުރެވޭ ޢުމުރުކަމުގައި ކަނޑައެޅިފައިވާ ޢުމުރުގެ ކޮންމެ މީހަކަށްމެ، ޤާނުނުގައި ކަނޑައަޅައިފައިވާ ގޮތުގެމަތީން ކައިވެނިކުރުމާއި، އާއިލާ ޤާއިމްކުރުމުގެ ހައްޤު ލިބިގެންވެއެވެ. އަދި ޢާއިލާއަކަށްމެ މުޖްތަމަޢާއި ދައުލަތުގެ ޙާއްސަ ރައްކާތެރިކަން ލިބިދޭންވާނެއެވެ.
(ށ) ކައިވެންޏެއް ރޫޅިއްޖެ ހާލަތެއްގައި ދަރީން ތިބިނަމަ، އެ ދަރީންނަށް ޤާނޫނުގައިވާ ގޮތުގެލަތީން ހާއްސަ ރައްކާތެރިކަން ލިބިދޭންވާނެއެވެ. (ޤާނޫނުއަސާސީގެ 34 ވަނަ މާއްދާ)
Status of the Constitution
- EnglishNo provision of the Constitution shall be interpreted or translated in a manner that would grant to the State or any group or person the right to engage in any activity or perform any act aimed at the destruction of the rights and freedoms set out in this Constitution. (Art. 69)
- Dhivehiމި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް މި ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެނެއް ނުވާނެއެވެ. (ޤާނޫނުއަސާސީގެ 69 ވަނަ މާއްދާ)
Status of the Constitution
- English
The exercise and enjoyment of fundamental rights and freedoms is inseparable from the performance of responsibilities and duties, and it is the responsibility of every citizen:
…
(e) to respect the Constitution and the rule of law;
… (Art. 67) - Dhivehi
ކޮންމެ މީހަކަށްމެ ލިބޭ ޙައްޤުތަކާއި މިނިވަންކަމާއި، އެ މީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނޭ ދެ އަސާސްކަމުގައިވީ ހިނދު، އަންނަނިވި ކަންތައްތައް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެކެވެ. އަދި އެ ވަގުތަކު ދިވެހިރާއްޖޭގައި އުޅޭ ކޮންމެ މީހަކުމެ އެ ކަންތައްތަކަށް އިހްތިރާމްކުރާންވާނެއެވެ.
…
(ބ) ޤާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމާއި، ޤާނޫނުގެ ވެރިކަން ހިންގުމުގެ އުސޫލަށް ހުރުމަތްތެރިކޮށް ހިތުން.
... (ޤާނޫނުއަސާސީގެ 67 ވަނަ މާއްދާ)
Status of the Constitution
- EnglishAll existing statutes, regulations, decrees and notices inconsistent with the fundamental rights and freedoms provisions in this Chapter shall, to the extent of the inconsistency, become void on the commencement of this Constitution. (Art. 66)
- Dhivehiމި ޤާނޫނުއަސާސީއަށް ޢަމަލުކުރާން ފަށާއިރު ދިވެހިރާއްޖޭގައި ހިނގަމުންއަންނަ އެންމެހައި ޤާނޫނުތަކާއި ޤާވާއިދުތަކާއި ޤަރާރުތަކާއި އިއުލާންތަކުގައި ބަޔާންވެފައިވާ ކަންތައްތަކުގެ ތެރެއިން، މި ބާބުގައި ބަޔާންކޮށްފައިވާ ހައްޤުތަކާއި މިނިވަންކަމާ ތަޢާރުސްވާ އެންމެހައި ކަންތައްތައް، މި ޤާނޫނުއަސާސީ އަށް އަމަލުކުރާން ފެށުމާއެކު ބާތިލްވީއެވެ. (ޤާނޫނުއަސާސީގެ 66 ވަނަ މާއްދާ)