SEARCH DATABASE
The Global Gender Equality Constitutional Database is a repository of gender equality related provisions in 194 constitutions from around the world. The Database was updated in partnership with the International Bar Association's Human Rights Institute (IBAHRI) and with support from the Swedish International Development Agency (SIDA) and the Government of Japan. Experience its wealth and depth of information by starting your search now.
Religious Law
- EnglishThe Maldives is a sovereign, independent, democratic Republic based on the principles of Islam, and is a unitary State, to be known as the Republic of the Maldives. Any reference to “the Maldives” is a reference to the Republic of the Maldives. (Art. 2)
- Dhivehiދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުސޫލުތަކުގެ މައްޗައް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާތީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެކެވެ. މި ދައުލަތުގެ ނަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއެވެ. މީގެ ފަހުން މިޤާނޫނުއަސާސީގައި "ދިވެހިރާއްޖެ" މި ނަމުން އިޝާރާތްކުރެވެނީ ދިވެހިރާއްޖޭހެ ޖުމުހޫރިއްޔާއަށެވެ. (ޤާނޫނުއަސާސީގެ 2 ވަނަ މާއްދާ)
Religious Law
- English
...
(b) The law making powers of the People’s Majlis pursuant to article (a), includes the following powers:
…
2. the enactment of legislation with regard to any matter, or the amendment or repeal of any law, which is not inconsistent with any tenet of Islam;
…
(c) The People’s Majlis shall not pass any law that contravenes any tenet of Islam.
… (Art. 70) - Dhivehi
...
(ށ) މި މާއްދާގެ (ހ) ގެ ދަށުން، ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޤާނޫނު ހެދުމުގެ ޢާންމު ބާރުތަކުގެ ތެރޭގައި އަންނަނިވި ވާޖިބުތައް އަދާކުރުމާއި ކަންތައްތައް ކުރުމުގެ ބާރުވެސް އެ މަޖިލީހަށް ލިބިގެންވެއެވެ.
…
2. ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެމަތީން ޤާނޫނު ހެދުމާއި، ޤާނޫނަށް ބަދަލުގެނައުމާއި، ޤާނޫނު ބާތިލްކުރުން.
…
(ނ) އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެނެއް ނުވާނެއެވެ.
... (ޤާނޫނުއަސާސީގެ 70 ވަނަ މާއްދާ)